الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފިޠުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަދާކުރާ ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ ރޯދަވެރިޔާގެ ރޯދައަށް އައިސްފައިވާ އުނިކަމާއި އެކަމުގެ ތެރޭގައި ކުރެވިފައިވާ ފާފަތަކާ އަދި ދައްކާފައިވާ ބޭކާރު ވާހަކަތަކަށް ހުރި ޠާހިރުކަމެކެވެ. އަދި އެއީ ފަޤީރުންނަށް އިޙްސާންތެރިވުމުގެ މަތިވެރި ޢަމަލެކެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ، ޢީދުދުވަހުގެ އުފަލުގައި އެބައިމީހުންވެސް ބައިވެރިކޮށް، އެންމެންގެ ޢީދަކަށް އެދުވަސް ވެގެންދާ ސަބަބެކެވެ.
>އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
> «فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، مَنْ أَدَّاهَا قَبْلَ الصَّلَاةِ، فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ، فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» [رواه أبو داود (1609) وحسنه الألباني في إرواء الغليل (843)]
> މާނައީ: “ފިޠުރު ޒަކާތަކީ ރޯދަވެރިން ދައްކާފައިވާ ބޭކާރު ވާހަކަތަކާއި ފާޙިޝް ވާހަކަތަކަށް ހުރި ޠާހިރުކަމެއްގެ ގޮތުގައި ﷲގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވި ކަމެކެވެ. އަދި މިސްކީނުންނަށް ކާންދިނުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. (ޢީދު) ނަމާދުގެ ކުރިން އެ ނެރެއްޖެ މީހާ ދަންނައެވެ. ފަހެ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. އަދި (ޢީދު) ނަމާދުގެ ފަހުން އެ ނެރެއްޖެ މީހާ ދަންނައެވެ. ފަހެ އެ ވެގެންދާނީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތަކަށެވެ.”
[logosalaf.png](http://128.199.252.99/storage/app/media/logosalaf.png)