20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

އެޑްމިން އޮފިސަރުން ބޭނުންވެއްޖެ

article cover
Share on : ff 14

ޖަމްޢިއްޔަތުއްސަލަފްގެ އެޑްމިން އޮފިސަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް 2 މުވައްޒަފުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ މަސައްކަތަށް ލޯބި ހުރި، ހީވާޤި ކަމާއެކު މަސައްކަތް ކުރާ ފިރިހެން ކުދިންނެވެ. މި މަޤާމަށް ހޮވޭ ފަރާތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  1. ޖަމްޢިއްޔާގެ ރަސްމީ ނަމްބަރަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ރިސެޕްޝަނުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި ފުރިހަމަ ޚިދުމަތް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ޖަމްޢިއްޔާގެ އެންޓްރީއަށް އަންނަ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކުރުން.
  3. ޖަމްޢިއްޔާގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ފޮނުވާންޖެހޭ ސިޓީ، ނޯޓު، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
  4. ޖަމްޢިއްޔާގެ މީޓިންތަކަށް މެސެޖުފޮނުވުމާއި އިންތިޒާމްތައް ހަމަޖެއްސުން.

މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން. ނުވަތަ،
  3. މައިކްރޯ ސޮޕްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ފަރާތެއްކަމުގައި ވުން.

ހަމަމިއާއެކު، ވީޑިއޯ އެޑިޓިންގ އަދި ގްރެފިކްސް ޑިޒައިން އަށް ފަރިތަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 މެއި 2025ގެ ކުރިން، އެފަރާތްތަކުގެ ތަޢުލީމީ ލިޔެކިޔުންތައް،  admin@salaf.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.