20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

‎ކަނަބލުންނަށް ޚާއްޞަކޮށް ބާއްވާ ވޯކްޝޮޕް “ރޯދަކަނބަލުން 1446”

article cover
Share on : ff 3

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން15 އަހަރުން މަތީގެ ކަނބަލުންނަށް ޚާއްޞަ “ރޯދަ ކަނބަލުން 1446″ ގެ
‎ނަމުގައި ވޯކްޝޮޕެއް ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއީޖަމްޢިއްޔާގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށް ގެންދެވޭ ސިލްސިލާ ޕްރޮގްރާމް ‘ޖަވާހިރު”
‎ގެ ތެރެއިން ކުރިއަށް ގެންދެވޭ ވޯކްޝޮޕެކެވެ.

‎ބަރަކާތްތެރި ރަމަޟާންމަހުގެ ބަރަކާތާއި، ހެޔޮޘަވާބާއި ދަރުމަ ޙާޞިލުކޮށް، އެ މައްސަރުން ލިބެންވާ ތަރުބަވީ ހެޔޮ ފައިދާ
‎ލިބިގަނެވޭނީ އެ މައްސަރަށް ކުރިއާލައި ތައްޔާރުވެގެންނެވެ. ވިސްނުންތަކަކާއިރޭވުންތަކެއް ރާވައިގެންނެވެ. މިގޮތުން މި ވޯކްޝޮޕްގެ ތެރެއިން ރަމަޟާންމަހަށް
‎އިސްތިޤްބާލުކުރާނީ ކިހިނެއްކަމާއި، އެ މައްސަރުގެ މާތްކަމާއި މަތިވެރިކަންޙާޞިލުކުރެވޭނެ ގޮތްތަކާއި، މުސްލިމު ކަނބަލެއްގެ ހައިސިއްޔަތުން އެ މައްސަރުގައި އުޅުމާއިގުޅުން
‎ބަހައްޓަންޖެހޭނެ ގޮތްތައް އެނގިގެންދާނެއެވެ. އަދި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެބަރަކާތް އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭނީ ކިހިނެއް ކަންކަން
‎އިންތިޒާމުކޮށްގެންކަން އެނގިގެން ދާނެއެވެ.

‎”ރޯދަ ކަނބަލުން 1446″ ވޯކްޝޮޕް ކުރިއަށްގެންގޮސް ދެއްވާނީ މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީއާއި
‎މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ، އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމީޔުނިވަރސިޓީން ޕީއެޗްޑީ ޙާޞިލުކުރައްވަމުން ގެންދަވާ އައްޝައިޚާ ޢާއިޝަތު
‎ރީމާއެވެ. ޝައިޚާ ވަނީ މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުންކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދެވުނު އެކިއެކި ސެޝަންތައް ނަންގަވާ
‎ދެއްވާފައެވެ.

‎ޢިލްމީ، އަގުހުރި މި ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ފެބްރުއަރީ 2025 ވާ ހޮނހިރުދުވަހު ގަލޮޅު
‎މަދަރުސާ ހޯލުގައި ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ދަންފަޅިއޮންނާނީ އެ ދުވަހުގެ މެންދުރު 14:00 އިން 15:30 އަށް އަދި ދެވަނަ ދަންފަޅި
‎އޮންނާނީ އެ ދުވަހުގެ 16:00 އިން 18:00 އަށެވެ.
‎މި ވޯކްޝޮޕްގެ ޖާގައިގެ ޢަދަދަކީ 50 ޖާގައެވެ.މި ވޯކްޝޮޕްގައި ބައިވެރިވެޑައިގަންނަވަން ބޭނުންވާ ކަނބަލުން މި ފޯމު ފުރުއްވާލެއްވުމުން، ޖާގަހުރިވަރަކުންޖާގަ ދެވޭނެއެވެ. އަދި އެކަން ޖަމްޢިއްޔާގެ ފަރާތުން އަންގާނެއެވެ. މި ވޯކްޝޮޕްގައި
‎ބައިވެވަޑައިގަންނަވާ ބައިވެރިންގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާދައްކަންޖެހެއެވެ.

‎މި ވޯކްޝޮޕްގައި ވީހާވެސް ގިނަ ކަނބަލުން
‎ބައިވެރިވެ، ޢިލްމީ މަންފާ ހާޞިލުކުރުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑުއެދުމެކެވެ. އަދި މިގޮތަށް ހިންގާ ތަފާތު ޕްރޮގްރާމްތަކަށް ކަނބަލުންގެ ބައިވެރިވުމަށާއި
‎ދެއްވާ އެއްބާރުލެއްވުން ޖަމްޢިއްޔާގެ ފަރާތުން ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ.