20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

މިއަހަރުގެ ހަދާޔާ ޕްރޮގްރާމުގައި ވެނިއު ޕާޓްނަރެއްގެ ގޮތުގައި އެޗް.ޑީ.ސީ

article cover
Share on : ff 4

2017 ވަނަ އަހަރު ޖަމްޢިއްޔަތުއްސަލަފުން، އައި.ޖީ.އެމް ހޮސްޕިޓަލްގައި އެނދުމަތިކޮށްފައިވާ ބަލިމީހުންނާ، އެހީތެރިން، އަދި ރޯދަވީއްލާވަޤުތު ޑިއުޓީގައި ތިއްބަވާ ފަރާތްތަކަށް ޢަމާޒުކޮށްގެން ފެށި، ހަދާޔާ” ޕްރޮގްރާމްއަށް މިއަހަރު، ވެނިއު ޕާރޓްނަރެއްގެ ގޮތުގައި އެޗް.ޑީ.ސީ ހަމަޖެހިއްޖެއެވެ. މިކަން ހަމަޖައްސާފައިވަނީ، ރަމަޟާންމަހު މިޖަމްޢިއްޔާއިން ކުރިއަށްގެންދާ ޙަރަކާތްތަކުގައި އެފަރާތުން ވެދެވޭނީ ކޮންކަހަލަ އެހީތަކެއްތޯ ބަލައި މަޝްވަރާކުރުމަށް، 17 ފެބްރުއަރީ 2025 ވީދުވަހު އެ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާތަކަށްފަހުއެވެ.

“ހަދާޔާ” ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށްގެންދެވިފައިވަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ކަމުގައިވިޔަސް، ފަހުން އަހަރުތަކުގައި، ހުޅުމާލެ ހޮސްޕިޓަލުގައިވެސް މިޙަރަކާތް ކުރިއަށް ގެންދަން ފެށުނެވެ. “ހަދާޔާ” ޕެކް އަކީ ކޮންމެ ދުވަހަކުވެސް، ވަޤުތުން ޕެކްކޮށްގެން ހޮސްޕިޓަލަށް ގެންދެވޭ ތަކެއްޗެވެ. މިހެންވުމުން، މާލޭން ޕެކް ހަދައިގެން ކުރިއަށް ގެންދިއުމަށް ދަތިވާނެތީ، ހުޅުމާލެއިން ތަނެއް ކުއްޔަށް ހިފައިގެން އެތަނުގައި ޕެކް ކުރުމުގެ މަސައްކަތް ފާއިތުވީ އަހަރުތަކުގައި އަޅުގަނޑުމެންވަނީ ކުރިއަށް ގެންގޮއްސައެވެ.

ހުޅުމާލެއިން ތަނެއް ލިބުމުގެ ދަތިކަމާއި އަދި ކުލި ބޮޑުކަމުން، މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަންނަވާލި ދަންނަވާލެއްވުމަށް، އެޗް.ޑީ.ސީއިން މިހާރުވަނީ ގުދަނެއް ހަމަޖައްސަވައި ދެއްވާފައެވެ. މިކަން އަންގަވައި، 26 ފެބްރުއަރީ 2025 ގައި އެކޯޕަރޭޝަނުން ފޮނުވާފައިވާ ސިޓީގައި އެވެ.